ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރެއަރ އެޑްމިރަލް އަބުދުލް ކަލާމް އާޒާދު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މ.ދިމްޔާތުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ޑރ. މުއިއްޒުގެ އިތުރުބް އިންތިޚާބީ ނާއިބު ރައީސް ހުސައިން މުހައްމަދު ލަަތީފް ވެސް ބައިވެރިވެ ވަޑައި ގެންނެވިއެވެ.

ބަންގްލަދޭޝް އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މި ބައްދަލު ވުމުގައި ވަނީ ޑރ. މުއިއްޒަށް މަރުހަބާ ވިދާޅުވެފައެވެ. އެމަނިކުފާނުގެ ވެރިކަމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ކުޑަގައުމެއް ބޮޑުގައުމެއް ފަރަގު ކުރުމެއް ނެތި ގުޅުން ދަމަހައްޓަވާނޭ ކަމަށެވެ. އަރަބި އިސްލާމީ ގައުމުތަކާއި އޮތް ގުޅުންވެސް ބަދަހި ކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނު ސިޔާސަތަކީ ވަކި ގައުމަކަށް އެކަނި ބަރޯސާ ނުވުން ކަމަށް ވެސް ވިދާޅުވިއެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ޑރ. މުއިއްޒު އެންމެ ފުރަތަމަ ބައްދަލު ކުރެއްވީ އިނގިރޭސި ވިލާތުގެ ސަފީރާއެވެ. އޭގެ ފަހުން މުއިއްޒު ވަނީ އިތުރު 5 ވަރަކަށް ގައުމުގެ ސަފީރުންނާ ބައްދަލުކުރައްވާފައެވެ.