ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި މަސައްކަތްކުރި އޮފިޝަލުންނާއި ޓާސްކުފޯހުގައި ހިމެނޭ އިތުރު މީހުންނަށް މި ހަފުތާ ތެރޭގައި އެލަވަންސް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

ހަބީބް ވިދާޅުވީ އެލަވަންސް ދިނުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރެއިން އެ އެލަވަންސް ޓާސްކު ފޯހުގައި ހިމެނޭ މީހުންނަށް ހަވާލު ކުރުމަށް ފިނޭންސް މިނިސްޓްރީއަށް އިލެކްޝަންސް ކޮމިޝަނުން މި ހަފުތާ ތެރޭގައި ފޮނުވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ 2 ބުރުގެ ތެރެއިން ކޮންމެ ބުރެއްގައި ވެސް ޓާސްކް ފޯހުގައި ހިމެނޭ އެންމެންނަށް ފައިސާ ދިނުމަށް 18 މިލިއަން ރުފިޔާ ހޭދަވި ކަމަށް ހަބީބް ވިދާޅުވިއެވެ.

އަދި އެއީ ހަމައެކަނި އޮފިޝަލުންގެ އެލަވަންސް ނޫން ކަމަށާއި އޭގެ ތެރޭގައި ޓްރެއިނީސް ވެސް ހިމެނޭ ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.