އިލެކްޝަންސް ކޮމިޝަން މެންބަރު ކަމަށް އިތުރު ދައުރަކަށް އއ. ފެރިދޫ، ހާލި، އަލީ ނަޝާތު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

އިއްޔެގެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި 11 މެންބަރުންގެ ތެރެއިން 8 މެންބަރުން ވަނީ އީސީގެ މެންބަރު ކަމުގެ އިތުރު ދައުރަކަށް ނަޝާތު އައްޔަންކުރަން ފެންނަ ކަމަށް ތާއީދުކޮށް ވޯޓު ދެއްވާފައެވެ.

މީގެއިތުރުން އީސީގެ މެންބަރުކަމަށް ނަޝާތު އައްޔަންކުރުމުގެ ކުރިން އެކަމާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ ޝަކުވާ ހުށަހެޅުމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފުރުސަތު ހުޅުވާލިއެވެ.

އީސީގެ މެންބަރު ކަމުގައި ނަޝާތު ހުންނަވަނިކޮށް އޭނާގެ ދައުރު ހަމަވީ ނިމިގެން ރިޔާސީ އިންތިހާބަށް 47 ދުވަހަށް ވެފައިވަނިކޮށް މިދިޔަ ޖުލައި 25 ވަނަ ދުވަހުއެވެ. އަދި އޭނާ އެ މަގާމަށް އަލުން އައްޔަނުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު އެނާގެ ރައްޔިތުންގެ މަޖިލީހަށް މިދިޔަ ފޮނުއްވީ މިދިޔަ މެއި 29 ވަނަ ދުވަހުއެވެ.