އިންޖީނުގެއިން ތެޔޮހުސްވުމުގެ ސަބަބުން ޣައްޒާގެ ހުރިހާ ސަރައްހައްދަކުން ކަރަންޓު ކެނޑިއްޖެއެވެ.
އިސްރޭލުން ޣައްޒާއަށް ތެޔޮ ލިބޭނެ ހުރިހާ މަގެއް ވަނީ ބަންދު ކޮށްފައެވެ. ތެޔޮ ހުސްވުމުގެ ސަބަބުން މިވަގުތު މުޅި ޣައްޒާ ވަނީ ކަރަންޓުން މަހްރޫމު ވެފައެވެ.
ކަރަންޓު ނެތުމުގެ ސަބަބުން ޣައްޒާގައިވާ ހުރިހާ ހޮސްޕިޓަލަކުން ވަނީ ހިދުމަތް ދިނުން ހުއްޓިފައެވެ. ރަހުމްކުޑަ އިސްރޭލުން ދަނީ ޢައްޒާއަށް ތެލާއި ކާނާ ލިބޭނެ ހުރިހާ މަގެއް ބަންދު ކުރަމަށް ކުރެވޭނެ ހުރިހާ މަސައްކަތެށް ކުރަމުންނެވެ.