21:00 ސަޔްހޫނީ އިޒްރޭލުން، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް މިހާރު ދެމުން އަންނަ ހަމަލާތަލުގައި މިހާތަނަށް 3000 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ހާމަ ކުރައްވައިފި.

21:00 ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ޣައްޒާގެ ހޮސްޕިޓަލްތަކަށް ބޭނުންވާ މިންވަރަށް ފެނާއި ތެޔޮ ނުލިބިއްޖެނަމަ އިންސާނީ ކާރިޘާއަކާ ކުރިމަތިވާނެ ކަމަށް ދުނިޔޭގެ ސިއްޚަތާއި ބެހޭ ޖަމިއްޔާއިން ހާމަ ކުރައްވައިފި.

20:48 ޣައްޒާގައި އެހީގެތަކެތި ރައްކާ ކުރާ ގުދަނަށް އިޒްރޭލުން ހަމަލާ ދިންނަމަވެސް އެޖަމިއްޔާއިން ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ޣައްޒާގައި ހިންގާ އެހީގެ ހަރަކާތް ހުއްޓާނުލާނެ ކަމަށް ރާއްޖޭގެ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ބުނެފި.

8:31 އެމެރިކާގެ ޗިކާގޯގައި މުސްލިމް 6 އަހަރުގެ ކުއްޖަކަށް ވަޅިން ހަމަލާދީ ޝަހީދު ކޮށްލައިފި. މިއީ ފަލަސްތީނަށް ނިސްބަތްވާ އާއިލާއެއްގެ ކުއްޖެއް ކަމަށް އެމެރިކާގެ މީޑިޔާ ރިޕޯޓްތައް ބުނޭ.

----------------------------------

19:08 ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން ސަހްޔޫނީ އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދީފި ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ހައްދުފަނައަޅާފައިވާ އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ލުބްނާނުގެ ތެރެއިން އިޒްރޭލަށް 9 ރޮކެޓް ފޮނުވާލާފައިވާ ކަމަށެވެ. ހަމަލާގެ ސަބަބުން ލިބުނު ގެއްލުން ހާމަކޮށްފައެެއް ނުވެއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ލުބްނާއި އިޒްރޭލު ގުޅޭ ބޯޑަރު މިހާރު ބަންދުކޮށް، އެސަރަހައްދަކީ ހަނގުރާމައިގެ ޒޯނެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަކީ އިރާނުގެ މަދަދުވެރިކަން ލިބޭ އަދި އަސްކަރީ ގޮތުން ހަމާސްއަށްވުރެ ބާރުގަދަ ޖަމާއަތަކެވެ. ހިޒްބުﷲ އިން ވަނީ 2006 ވަނަ އަހަރު އިޒްރޭލާ ދެކޮޅަށް މަހަކަށްވުރެ ގިނަ ދުވަހު ހަނގުރާމަ ކޮށްފައެވެ.

19:02 އދ.އިން ލަފާ ކުރާ ގޮތުގައި ޣައްޒާގެ މިލިޔަނަކަށް ވުރެ ގިނަ ރައްޔިތުން ވަނީ ގެދޮރުން ނިކުމެ ރައްކާތެރިކަން ހޯދުމަށް އެހެން ސަރަހައްދުތަކަށް ބަދަލުވެފައި.

18:59 ޣައްޒާއަށް މިރޭގެ ވަގުތެއްގައި ޔަހޫދީ ހައްދުފަހަނައެޅި ސިފައިން އެއްގަމު މަގުން އެރުމަށް ތައްޔާރު ވަމުންދާ ކަމަށް ރިޕޯޓްތައް ބުނޭ.

އިޒްރޭލުން ޣައްޒާއަށް އެއްގަމުން އަރައި ޢުދުވާން ހިންގުމަށް ތައްޔާރުވަމުން އަންނައިރު، އިޒްރޭލަށް ވާގިވެރިވުމަށް އެމެރިކާގެ ހަނގުރާމަ މަތީ 2 މަނަވަރު އޮތީ އިޒްރޭލް ކައިރިއަށް ބަނދަރުކޮށްފައި.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ސަޔްހޫނީ އިޒްރޭލުން ހިންގަމުން އަންނަ ޢުދުވާނުގައި މިހާތަނަށް 2،215 މީހުން ޝަހީދު ކޮށްފި ކަމަށް ފަަލަސްތީނުގެ ސިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ފަަލަސްތީނުގެ ސިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރައްވާ ގޮތުގައި އިޒްރޭލުގެ ހައްދުފަނައެޅި ސިފައިން ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ.

14:56 މިސްރުގެ އާންމު ރައްޔިތުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުމަށް ފަލަސްތީން ބޯޑަރ ހުރަސްކޮށްފި.

12:31 ޔަހޫދީ ސިފައިން ރޭ ދިން ނިރުބަވެރި ހަމަލާތަކުގައި ހަމާސްގެ އިސް ކޮމާންޑަރެއް (7 އޮކްޓޫބަރުގައި އިޒްރޭލަށް ހަމާސްއިން ދިން ވަރުގަދަ ހަމަލާގެ ފަހަތުގައި ހުންނެވި ކަމަށް ބެލެވޭ ފަރާތް) ޝަހީދު ކޮށްލަފި.

ޣައްޒާއަށް އިޒްރޭލުން ހަމަލާ ދެނީ. ފޮޓޯ: އޭއެފްޕީ

9:46 އިސްލާމީ ޤައުމުތަކުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ސައުދީ އަރަބިއްޔާއިން އެދިއްޖެ.

9:44 ޣައްޒާއަށް އެއްގަމާއި ކަނޑާއި ވައިގެ މަގުން އެއްފަހަރާ ހަމަލާ ދިނުމަށް ތައްޔާރު ވެވިއްޖެކަމަށް ސަޔްހޫނީ އިޒްރޭލުގެ ބޮޑުވަޒީރު ބުނެފި.

9:21 އެމެރިކާގެ ހަނގުރާމަ މަތީ ދެވަނަ މަނަވަރު އިޒްރޭލާ ކައިރިއަށް ދަތުރު ކުރަމުން ދަނީ.

އިތުރަށް ވިދާޅުވޭ...