ސްޓޫޑެން ލޯނަށް 1 ބިލިޔަނަށް ވުރެގިނަ ރުފިޔާ ހަރަދުވެއްޖެ ކަމަށަ ދިވެހި ރާއްޖޭގެ ރައީސްުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރޭ ހުޅުމާލޭ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަރޝިޕް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައަކަވަމުން ރައީސް ވިދާޅުވީ މީގެކުރިން ބޭރު ޤައުމުތަކުން ކިޔެވުމަށް ފުރުސަތުތައް ނުލިބޭ އެތައް ދާއިރާއަކުން ކިޔެވުމުގެ ފުރުސަތުތައް ސަރުކާރުން މިހާރު ހޯއްދަވައިދެއްވާފައި ވާކަމަށެވެ. އަދި މިހާތަނަށް 1986 ދަރިވަރަކަށް ސްޓޫޑެންޓް ލޯނު ދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމްގައި މިހާތަނަށް 17000 އަށްވުރެ ގިނަ ދަރިވަރުންނަށް ފުރުސަތު ލިބިފައިވާއިރު މި ޕްރޮގްރާމަށް މިހާތަނަށް 567 މިލިއަން ރުފިޔާ ރުފިޔާ ހަރަދު ކުރެވިފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.