މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)ން ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ދެކުނުގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މެޓުން މި ހުދު ސަމާލު ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. އަދި ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 14:30 ގެ ނިޔަލަށެވެ.

އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް މަޑުވާނެ ކަމަށް މީޓިއޮރޮލިޖިކަލް ސަރވިސްއިން ވަނީ ބުނެފައެވެ.