އިންޓަނޭޝަނަލް އެއިޑް ކެންޕެއިންގެ ގުދަނަކަށް އިސްރާއީލުގެ ހައްދުފަހަނަޅައިފައިވާ ޔަހޫދީ ސިފައިން ހަމަލާދީ ބިމާ ހަމަކޮށްފިއެވެ.

އައޭސީއިން ބުނިގޮތުގައި އިސްރާއީލުގެ އެއްވެސް ރަހުމެއްނުވާ މިހަމަލާއަކީ ސީދާ އެ ޖަމިއްޔާގެ ގުދަނަށް އަމާޒު ކޮށްގެން ދީފަައިވާ ފިނޑި އަމަލެއް ކަމަށެވެ. މިހަމާލަގައި މުޅި ގުދަން ވަނީ ބިމާހަމަވެފައެވެ. ހަމަލާގެ ސަބަބުން އެ ގުދަނުގައި ހުރި 2،000 ރަޖަ އާއި ވަގުތުން ކެވޭގޮތަށް ތައްޔާރު ކުރެވިފައިވާ 1،000 ޕެކެޓާއި، އަންނައުނު ބަންދުކޮށްފައިވާ 3000 ޕެކެޓުވަނީ ހަލާކުވެފައެވެ.

ހަލާކުވި ތަކެތީގެ ތެރޭގައި ފަލަސްތީނުގެެ ރައްޔިތުންނަށް ދިވެހީން ހަދިޔާކޮށްފައިވާ ބައެއް ސާމާނުތައް ވެސް ހިމެނެއެވެ.

އައިއޭސީއިން މައުލޫމާތު ދީފައިވާގޮތުގައި އެޖަމިއްޔާގެ ވެހިކަލަކަށް ވެސް އިސްރާއީލުން ވަނީ ހަމަލާ ދީފައެވެ. މިހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.