ރިޔާސީ އިންތިހާބަށް ފަހު ފުރަތަމަ ފަހަރަށް، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާދަމާ ހުޅުމާލެ، ހިޔާ ފްލެޓުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.

އިންތިގާލީ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ރޭ އޮންލައިން ނޫސްތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޑރ. މުއިއްޒު ހުޅުމާލެ ދެވަނަ ފޭސްއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު(ހުކުރު ދުވަހު) ހަވީރު 04:00 ގައި ކަމަށެވެ. މިއީ ހަމަ ރައްޔިތުންނަށް ޒިޔާރަތް ކޮށްލެއްވުމުގެ ދަތުރުފުޅެއް ކަމަށް ފިރުޒުލް ވަނީ ހާމަކުރައްވާފައެވެ.

މުޢިއްޒު ވަޑައިގަންނަވާނީ އެއް ނަންބަރު ބަސް ސްޓޮޕް ކައިރިއަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މާލެ ސިޓީގައި މަސައްކަތް ކުރި ކެމްޕޭން ޓީމުތަކާ ވެސް ޑރ މުއިއްޒު ވަނީ ރޭގައި ބައްދަލު ކުރައްވައިފައެވެ.