ޔޫއޭއީއިން ފުރަތަމަ އަންހެން އެސްޓޮނޯޓް ޖައްވަށް ފޮނުވަން ނިންމައިފިއެވެ.

ދުބާއީގެ ވަލީއަހުދު ޝެއިޚް ހަމްދާން ބިން މުހައްމަދު ވިދާޅުވެފައިވަނީ އެމިރޭޓްސްގެ އެސްޓްރޮނޯޓުން މުހައްމަދު އަލް މުއްލާ އާއި ނޯރާ އަލް މަޓްރޯޝީ 2024 ވަނަ އަހަރު ދަސްވެނިވުމަށްފަހު "ޓްރޭލްބްލޭޒިން ސްޕޭސް މިޝަންސް" އަށް ނިކުންނަން ތައްޔާރަށް ތިބޭނެ ކަމަށެވެ.

އަދި މީގެއިތުރުން މުހައްމަދު ބިން ރަޝީދް ސްޕޭސް ސެންޓަރުގައި ބޭއްވީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ ޔޫއޭއީއިން ކުރިއަށް އޮތް މުސްތަގުބަލުގައި ސްޕޭސް އިންޑަސްޓްރީގައި ބޮޑު ދައުރެށް އަދާ ކުރާނެ ކަމަށެވެ. އަދި އިންސާނިއްޔަތަށް ފައިދާ ހުރި އެތަށް ޕްރޮޖެކްޓް ތަކެއް ވެސް ޔޫއޭއީއިން އިސްވެ ކުރިއަށް ގެންދާނެ ކަމަށެވެ.