އަމިއްލަ ފަރާތަކުން އާބަންކޯއާ ގުޅިގެން، ފަލަސްތީނުގެ މުސްލިމުނަށް އެހީވުމަށް ހުކުރު ދުވަހު ހުޅުމާލޭގައި ފަންޑްރައިޒިން ހަރަކާތެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

މިހަރަކާތް ރާވައި އިންތިޒާމުކުރަނީ ހުޅުމާލޭގައި ދިރިއުޅޭ އަމިއްލަ ފަރާތަކުންނެވެ. އެފަރާތުން "ހަލި: ނޫހަށް މައުލޫމާތު ދެމުން ބުނީ މި ހަރަކާތް އޮންނާނީ 27 އޮކްޓޯބަރު ވާ ހުކުރު ދުވަހު ހަވީރު 16:00 އިން 18:00 އިން އަދި ރޭގަނޑު 20:00 އިން 22:00 އަށް ރުއްގަނޑު ޕާކު އެކެއްގައި ކަމަށެވެ. މި ހަރަކާތް ރާވާ އިންތިޒާމު ކުރަނީ އާބަންކޯ އަދި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އޭއައިސީ) އާއި ގުޅިގެންނެވެ.

ފަންޑްރައިޒިން މި ހަރަކާތް ކުރިއަށްދާނީ ބަމްބަލް ސޭލަކާއެކުގައި ކަމަށާއި މި ސޭލަށް އެއްވެސް އެއްޗެއް ހަދިޔާ ކުރަން ބޭނުންވާ ފަރާތެއް ވާނަމަ 9574014 އަށް ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށްވެސް ހަރަކާތް އިންތިޒާމު ކުރާ ފަރާތުން ވަނީ ބުނެފައެވެ.