ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އެމްޑީޕީން ޕާލިމެންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފިއެވެ.
ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ، މަޖިލީހުން ނަޝީދު އިތުބާރު ނެތްކަމަށް ފާސްކުރުމަށް މިއަދު ބޭއްވި އެމްޑީޕީ ޕީޖީގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ތްރީ ލައިން ވިޕް އެއް ނެރެފައި ވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މަސައްކަތެއްް ދެން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނިންމުމަށް ފަހު ކަމުގައިވެސް އެމްޑީޕީ ޕީޖީގެ މެމްބަރުން އިއްތިފާގު ވެފައިވާ ކަމަށް ޝިފާއު ވިދާޅުވިއެވެ. ސަބަބަކީ ގާނޫނު އަސާސީއާއި މަޖްލިސް ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން މިފަދަ މައްސަލައެއް ހުށަހެޅިފައިވާ ނަމަ މައްސަލައަށް ގޮތެއް ނުނިންމައި މަޖިލިސްގެ އެއްވެސް މަސައްކަތެއް ނުކުރެވޭނެއެވެ.
ޝިފާއު އިތުރަށް ވިދާޅުވީ، އަންނަ އާދިއްތަ ދުވަހު މަޖިލީހުގައި ބޭއްވުމަށް އެޖެންޑާ ކޮށްފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ހިނގަމުންދާ ވަގުތުގައި އެމްޑީޕީގެ އާންމު މެންބަރުން މަޖިލީހަށް ހާޒިރުވުމަށް ޕީޖީގެ މެންބަރުން އެދިވަޑައިގެންފައިވާ ކަމަށެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކޮށްފައި އޮތީ އާދީއްތަ ދުވަހުއެވެ. އެދުވަހުގެ ޖަލްސާ ހިނގަމުންދާ ވަގުތު އެމްޑީޕީގެ އާންމު މެންބަރުން މަޖިލިހަށް ހާޒިރު ވުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ އެދިފައެވެ. އާދީއްތަ ދުވަހު ޖަލްސާގައި ނަޝީދު ޖަވާބުދާރީވުމަށް 30 މިނެޓްގެ ފުރުސަތެއް ދޭއިރު މައްސަލައާމެދު ބަހުސްކުރުމަށް ކޮންމެ މެންބަރަކަށްވެސް 3 މިނެޓްގެ ފުރުސަތެއް ލިބޭނެ ކަމަށްވެއެވެ.
ޥަކި މޮޅެއް ނު ވާނެ ޕާޓީ ފުޑޭނީ