ފަލަސްތީނަށް އެހީވުމަށް ހިންގާ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އާބަންކޯއިން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.

އަރބަންކޯއިން މިއަދު ބުނީ މި ހަފްތާ ބަންދުގައި ފަލަސްތީނަށް އެހީވުމަށް ހިންގާ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެ ކުންފުނިން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން އެ ކުންފުނިން ބުނީ ފަލަސްތީނަށް އެހީވުމަށް ބޮޑު ތިން އިވެންޓްއެއް މި ހަފްތާ ބަންދުގައި ބޭއްވުމަށް ރާވާފައިވާ ކަމަށެވެ.

އެގޮތުން އިލްމުވެރިންގެ ގުޅުން، ހިދުމަތް ޖަމިއްޔާއިން 26 އޮކްޓޯބަރގައި ، ފޭސް 2 ހިޔާ ޕާރކްގައި ފަލަސްތީނުގެ ހާލަތާއި މެދު މި މައުޟޫއަށް ދީނީ އިލްމުވެރިންނާއިއެކު ކުރިއަށް ގެންދިމަށް ހަމަ ޖެހިފައިވާ ޕެނަލް ޑިސްކަޝަނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމާފައިވާ ކަމަށް އާބަންކޯ އިން ބުނެފައި ވެއެވެ.

އަދި މޯމްސް އެން.ޖީ.އޯ އިން 27 އޮކްޓޯބަރު ގައި ހިޔާ ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވާ ފަންޑް ރައިޒިންގ އިވެންޓަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް އަރބަންކޯއިން ބުނެފައިވެއެވެ.

މީގެއިތުރުން ކޭކް ޑޯނާރސް އިން 28،29 އަދި 30 އޮކްޓޯބަރު ގައި ބޭއްވުމަށް ހަމަ ޖެހިފައިވާ ފަންޑް ރައިޒިންގް އިވެންޓަށް އެހީތެރިވުމަށް ނިންމާފައިވާ ކަމަށް ވެސް އާބަންކޯ އިން ބުނެފައި ވެއެވެ.

އަދި އެ ކުންފުނިން ބުނީ އެ ކުންފުނީގެ އެދުމަކީ ވިހާވެސް ގިނަ ބޭފުޅުން މި އިވެންޓްތަކުގައި ބައިވެރިވެ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެމީހަކަށް ވީވަރަކުން އެހީތެރިވެދިނުން ކަމަށެވެ.