މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސްއިން(މެޓް) މޫސުން ގޯސްވާނެކަމަށް ލަފާކޮށް ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މެޓުން ހުދު ސަމާލު ނެރެފައިވަނީ ވ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ.

އެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 18:00 އާ ހަމައަށެވެ.

މެޓް އޮފީހުން ވަނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށްފައެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި މިއަދު ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެއެވެ.