ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މާލެ ސަރަހައްދު ހިމެނޭހެން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މި ސަމާލު ނެރެފައިވަނީ ގދ. އަތޮޅުން ފެށިގެން ސ. އަތޮޅާއި ހަމައަށެވެ. މި ސަމާލު ނެރެފައިވަނީ ހެނދުނު 11:00 އިން ފެށިގެން ހަވީރު 17:00 އާއި ދެމެދުގެ ވަގުތަށެވެ.

މި ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދެވެ، ކަނޑުތައް ގަދަވާނެކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެެވެ.