ވަސްގަދަ އެއްޗެކެވެ. ތޮށްޓާއެކު ހުންނައިރުވެސް އޭގެ ވަސް ގަދަކަން އެނގެއެވެ. އެކަމަކު ބުނާކަށް ކާތަކެތީގެ ރަހަ ފިސާރި މީރުކޮށްލަދޭ އެއްޗެކެވެ. ރިހަ، ޕާސްތާ، ބިރިޔާނީ، ނޫޑުލްސް، އެކިކަހަލަ ބަތް، މިހެން ގޮސް ނަން ހުސްކޮށް ކިޔާހާ ގިނަ ތަކެތި ތައްޔާރުކުރުމުގައި އެންމެ ބޮޑު އެއް ދައުރު އޮންނަނީ ލޮނުމެދުގައެވެ.

ދުނިޔޭގައި އެންމެ ގިނަ ދުވަސްވީ އެއްބާވަތް ކަމަށްވާ ލޮނުމެދަކީ ލިލިއޭސީ އާއިލާއަަށް ނިސްބަތްވާ މެންބަރެކެވެ. ލިލިއޭސީ އާއިލާގެ އެހެން މެންބަރުންގެ ތެރޭގައި ފިޔާ، ލީކްސް، ޝެލޮޓް، އަދި ޗައިވްސް ހިމެނެއެވެ. މިތަކެއްޗަކީ އޭގެ ގަދަ ދިލައަރާ ވަހާއި ރަހައިގެ ހާއްސަ ބައެކެވެ. އެކަމަކު މިއީ ވަސް ކޮންމެ ގޮތަކަށް ހުއްޓަސް ބޭނުންތައް ގިނަ ފައިދާ ބޮޑު އެއްޗެކެވެ.

ބެކްޓީރިއާ، ވައިރަސް، ޕެރަސައިޓްތަކާއި ފަންގަސްތަކާ ދެކޮޅުވެރި ދުޝްމަނެކެވެ. ދިރާސާ ދައްކާ ގޮތުގައި ލޮނުމެދު ތާޒާކޮށްކޮށާފައި ހުންނައިރު އެކްޓިވް ކޮމްޕޮނެންޓެއް ކަމަށްވާ އެލިސިންއަކީ އެންޓިވައިރަލް ޕްރޮޕަޓީސް އެކުލެވެއެވެ.

ލޮނުމެދު އާދަޔާހިލާފަށް ގިނައިން ކެއުމުން، ނޭވާއާއި އަނގައިގެ ވަސްނުބައިވުމާއި އެސިޑް ރިފްލަކްސް، ހަޖަމުކުރުމުގެ މައްސަލަތައް، ލޭއައުމުގެ ފުރުސަތު ބޮޑުވުން ފަދަ ނޭދެވޭ އަސަރުތަކެއް ކޮށްފާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެހެންކަމުން ބޭނުން ކުރުމުގައި ވަކި ހައްދެއްގެ ތެރޭ ބެހެއްޓުން މުހިންމެވެ.

ލޮނުމެދުން ލިބޭ ސިއްހީ ބައެއް ފައިދާތަކަށް ބަލާލާއިރު ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އެހީތެރިވެދެއެވެ. ކަށީގެ ދުޅަހެޔޮކަމަށް އެހީތެރިވެދިނުމާއެކު ލޭމައްޗަށް ދިއުން ކުޑަކުރުމާއި ކޮލެސްޓްރޯލް ލެވެލް ދަށްކުރުމުގެ އިތުރުން ކެންސަރުން ރައްކާތެރިވުމަށް މަގުފަހިކުރެއެވެ.

އެންޓިބަޔޮޓިކް ޕްރޮޕަޓީސް ހުރޭއަލްޒައިމާ އާއި ޑިމެންޝިއާއިން ރައްކާތެރިވުމަށް މަގުފަހިކޮށްދޭއިރު ބޭސްވެރިކަމުގެ ސިފަތަކެއް ހުންނަ ކޮމްޕައުންޑްތައް ހިމެނޭހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. ހަމައެހެންމެ މިއީ ކެންސަރާ ދެކޮޅަށް މަސައްކަތް ކުރާ މާއްދާތައް ހުންނަ އެންޓިމައިކްރޮބިއަލް އަދި އެންޓިފަންގަލް ޕްރޮޕަޓީސް އެކުލެވިގެންވާ ބާވަތެކެވެ.

މީގެ އިތުރުން ވަކީން ހާއްސަކޮށް ފިރިހެނުންނަށް ލިބޭ ފައިދާތަކުގެ ތެރޭގައި

  • ބްލަޑް ފްލޯ، ދެމަފިރިކަމުގެ ގުޅުމަށް ރަނގަޅު އަސަރެއް ކުރުވާ، ލޮނުމެދުގެ ސަބަބުން ލޭ ދައުރުވުމަށް އަސަރުކުރުވާތީ.
  • ޓެސްޓޯސްޓެރޯން ލެވެލް (ދަރިމައިކުރުވާ) ރަނގަޅުވުމަށް އެހީތެރިވުން.
  • އިމިއުނިޓީ އާއި ލޭގެ ޕްރެޝަރު ދަށްކޮށްދޭ، އަދި ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދޭ
  • ކެންސަރުން ރައްކާތެރިކޮށް ހަޖަމުކުރުމުގެ ސިއްހަތު އިތުރުކޮށްދޭ

ލޮނެމެދަކީ އަންހެނުންގެ ދަރިމައިވުމާ ވަރަށް ވަރުގަދަ ގުޅުމެއް އޮންނަ އެއްޗެކެވެ. އެއީ އޯވިއުލޭޝަން ސްޓިމިއުލޭޓްކޮށް، ކްރޮމޯސޯމަލް ޑިފެކްޓްތަކުން ދުރުކޮށްދޭ އެއްޗެކެވެ. އާންމުކޮށް ލޮނުމެދު ބޭނުންކުރާ އަންހެނުންނަށް ޕީރިއަޑް ދުވަސްކޮޅު ވޭނުން ދުރުވުމާއެކު މާބަނޑުއިރު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަގުފަހިކުރެއެވެ. އަންހެނުން ވިހެއުމުގައިވެސް ލޮނުމެދުގެ އެހީ ބޭނުންކުރާ ކަމަށްވެއެވެ.