ޔަމަނުގެ ހޫތީން ވައިގެ މަގުން އިޒްރޭލަށް ހަމަލާތަކެއް ދީފިއެވެ.
އިޒްރޭލަށް އެމީހުން ހަމަލާ ދީފައިވަނީ ބެލެސްޓިކް މިސައިލްތަކަކާއި އިތުރު އެހެން މިސައިލްތައް ފޮނުވައިގެންނެވެ. މިއީ އިޒްރޭލަށް ހޫތީން ފޮނުވާލި މިފަދަ ތިންވަނަ ހަމަލާ އެވެ. އެ މީހުން ބުނެފައިވަނީ އިޒްރޭލުން ޣައްޒާއަށް އުދުވާނީ ހަމަލަތައް ދެމުންދާހާ ހިނދެއްގައި، އެ ގައުމަށް ހަމަލާ ދިނުމުގައި ދެމިތިބޭނޭ ކަމަށެވެ.
މި ހަމަލާތަކާ ބެހޭގޮތުން ހޫތީން ބުނެފައިވަނީ ރަތްކަނޑު ސަރަހައްދުން އިޒްރޭލަށް ފޮނުވާލި ރޮކެޓު ތަކެއް ގޮއްވާލާފައިވާ ކަމަށެވެ.
މި ހަނގުރާމައިގައި އިޒްލޭލުން ގެންދަނީ ނުބުނާނަށް ވެސް ހަމަލާ ދެމުންނެވެ. ލުބުނާނުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން އެ ގައުމުގެ ދެކުނުގެ ސަރަހައްދުން 40،000 އޭކަރުގެ ގެ ސަރަހައްދެއް ވަނީ އަނދާފައެވެ. މިސްރުގެ މީޑީއާތަކުން ބުނާ ގޮތުގައި ޣައްޒާގެ %45 ގެ ވަނީ ހަލާކުވެފައެވެ. އޭގެ ތެރޭގައި ބިމާ ހަމަވެފައި ހުރި ގެތަކާއި އެކިއެކި ގޮތް ގޮތުން ގެއްލުންވެފައި ހުރި ގެތައް ހިމެނެއެވެ.
ނުލަފާ އިޒްރޭލުން ވަނީ އެއްވެސް ރަހުމެއް ނެތް ގޮތުގައި ޣައްޒާގައި ހުންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ބޮން އަޅައިފައެވެ. އެ ހަމަލާގައި ޒަހަމްވެފައިވާ މީހުން ހޮސްޕިޓަލްތަކަށް ވަނީ ގެންދެވިފައެވެ.