އިކޮމޮނިކް މިނިސްޓްރީގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމާ ގުޅިގެން އެމިނިސްޓްރީއަށް އެންމެ ފުރަތަމަ ބައިނަލްއަގްވާމީ އޮވޯޑު ލިބިއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމައް، ކުރި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ސީއާރުއެފް 2023 އިނޮވޭޝަން އެެވޯޑް (ކޮމެންޑޭޝަން) އެ މިނިސްޓްރީއަށް ދީފިއެވެ. މިއީ އެމިނިސްޓްރީއަށް ލިބުނު އެންމެ ފުރަތަމަ ބައިނަލްއަގްވާމީ އެވޯޑެވެ. މި އޮވޯޑު ލިބުނީ އެ މިނިސްޓްރީއިން އަލަށް ތައާރަފް ކުރި "ކޯޕަރޭޓް ޕްރޮފައިލް އަދި ވެރިފިކޭޝަން" އަށެވެ.
އޮންލައިންކޮށް ދޫކުރާ ޕްރޮފައިލް ޝީޓުތައް ބޭންކުތަކާއި އެހެނިހެން ހިދުމަތް ދޭ ތަންތަނުން، ސައްހަތޯ ކަށަވަރު ކުރުމަށް ކޮންމެ ޝީޓެއްގައި ހާއްސަ ވެރިފިކޭޝަން ކޯޑެއް ހިމަނާފައިވާނެ ކަމަށް މނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.
މި ހިދުމަތުގެ ސަބަބުން 300 ސާވިސް ރިކުއެސްޓް ސާވިސް ކިއު އިން އުނިކުރެވި، ކޯޕަރޭޓް ޕްރޮފައިލް ޝީޓް މެދުވެރިކޮށް އެ މައުލޫމާތު ލިބޭނެ ގޮތްވަނީ ހަމަޖެހިފައެވެ. އަދި ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ވިޔަފާރިތަކުގެ ޕްރޮފައިލް ޝީޓު ވަގުތުން ޖެނެރޭޓު ކުރެވޭނެ ގޮތްވެސް ވަނީ ހަމަޖެހިފައެވެ.
މިވޭތުވި އަހަރުތަކުގެ ތެރޭގައި ބިޒްނަސް ޕޯޓަލް އިތުރަށް ތަރައްގީކުރަމުން އައިސް މިހާރު އިކޮނޮމިކް މިނިސްޓްރީން އާންމުންނާއި ވިޔަފާރިތަކަށް ފޯރުކޮށްދޭ ގިނަ ހިދުމަތްތަކެއް ބިޒްނަސް ޕޯޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ލިބެއެވެ.