ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ހުދު ސަމާލު މޫސުމާ ބެހޭ ގައުމީ އިދާރާ(މެޓް)އިން ނެރެފިއެވެ.

މެޓުން ވަނީ މިއަދު ހެނދުނު 8:30 އިން މެންދުރު 14:30 އަށް ހއ. އަތޮޅުން ފެށިގެން ގއ އަތޮޅާއި ހަމައަށް ވައިޓް އެލާޓުވެސް ނެރިފައެވެ.

މީގެ އިތުރުން މެޓުން ވިދާޅުވީ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

އަދި ވައި އެނބުރި، އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގިނަ ހިސާބުތަކަށް މަޑު ނަމަވެސް، ރާއްޖޭގެ ދެކުނަށް ކަނޑު ގަދަވާނެކަމަށް މެޓުން ވަނީ ލަފާކުރައްވާފައެވެ.