ބްރަދަރހުޑް ގްރޫޕް އޮފް ކޮމްޕެނީސްގެ އަށާރަ ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ ސޭލްގެ ހާއްސަ އިނާމަކަށް ކަނޑައެޅި އުމްރާ ދަތުރު ލިބޭ ފަރާތަކަށް ގުރުއަތުން ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ ޝާހީން ހޮވިއްޖެއެވެ.
މިއީ ބްރަދަރހުޑްގެ އަހަރީ ދުވަހާ ގުޅިގެން އެ ކުންފުނިން ހުޅުވާލި ސޭލްއެކެވެ. މިއީ އެ ކުންފުނީގެ ފިހާރަތަކުން -/1000 (އެއްހާސް) ރުފިޔާއަށްވުރެ މަތިން ވިޔަފާރި ކުރައްވާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ދޭގޮތަށް އެ ކުންފުނިން ކުރިއަށް ގެންދިޔަ ސޭލްއެކެވެ. މިސޭލްގައި ބްރަދަރހުޑްގެ ފިހާރަތަކުން ވިޔަފާރި ކުރައްވާ ކަސްޓަމަރުންނަށް، ބައެއް ބާވަތްތަކުން ހާއްސަ ޑިސްކައުންޓުތައް ލިބިގެންދިޔަ އެ އަހަރީ ދުވަހުގެ ސޭލް ކުރިއަށް ދިޔައިރު ބާޒާރު ފިހާރައިން ބެޑްޝީޓުވެސް ހާއްސަ އަގުތަކެއްގައި ލިބިގެން ދިޔައެވެ. ތަފާތު އެކި މުނާސަބާތަކާ ގުޅިގެން ކޮންމެވެސް ކަހަަލަ ސޭލެއްއް އަބަދުވެސް ބްރަދަރހުޑްގެ އެކި ފިހާރަތަކުން ކުރިއަށް ގެންދެއެވެ.
10 އޮގަސްޓް 2023ވީ ބުރާސްފަތި ދުވަހު އަށާރަ ވަނަ އަހަރީ ދުވަސް ފާހަގަ ކުރިއިރު، ހަމައެންމެ ދެ ގުދަނުގެ އެހީއާއި، ފަނަރަ ސޯޅައެއްހާ މުވައްޒަފުންނާއެކު ސުމަކުން ފެށި ނަމަވެސް އަދު 120 މުވައްޒަފުން ހިމެނޭ ބްރަދަހުޑް ގްރޫޕް އޮފް ކޮމްޕެނީސްއަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މުދާ ފޯރުކޮށްދޭ ފުންނާބުއުސް ކުންފުންޏެކެވެ. ހަމައެހެންމެ ފެންވަރު ރަނގަޅު ކޮސްމެޓިކްސް، ގާމެންޓްސް، އިލެކްޓްރިކް އެންޑް އިލެކްޓްރޯނިކްސް އަދި ގޭތެރޭގެ ސާމާނު ފޯރުކޮށްދޭ ދިވެހީންގެ އިތުބާރު ލިބިފައިވާ މި ކުންފުންޏަކީ ދިވެހިރާއްޖޭގައި ކުރިއަރާފައިވާ އަދި ކުރިއަރަމުން އަންނަ ކާމިޔާބު ވިޔަފާރިއެކެވެ.
ފެންވަރު ރަނގަޅު ކޮސްމެޓިކްސް، ގާމެންޓްސް، އިލެކްޓްރިކް އެންޑް އިލެކްޓްރޯނިކްސް، ގޭތެރޭގެ ސާމާނު ފޯރުކޮށްދޭ ފުންނާބުއުސް އެއް ކުންފުންޏަކަށް ވީއިރު މި ކުންފުނިން ރާއްޖޭގެ ހުރިހާ ހިސާބަކަށް މުދާ ފޯރުކޮށްދެއެވެ.
ވޭތުވެދިޔަ އަށާރަ ވަރަކަށް އަހަރު ތެރޭގައި މިކުންފުނި ވަނީ ނުހަނު ރަނގަޅަށް ތަރައްގީވެފައެވެ. އެގޮތުން ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި ސްޓްރެޓެޖީތަކާއި ކޯޕަރޭޓް އިޖުތިމާއީ ޒިންމާތައް އަދާކުރުމުގެ ގާބިލުކަން ލިބިފައިވުމާއެކު، ދިވެހިރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ އެންމެ މޮޅު ފަހުރުވެރި ދިހަ ކުންފުނީގެ ތެރޭގައިވެސް މި ކުންފުނި ހިމެނޭކަން ފާހަގަ ކޮށްލަމެވެ.
ދިވެހިންގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ބްރަދަރހުޑް ގްރޫޕް އޮފް ކޮމްޕެނީސްއިން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށްވެސް މުދާ ލިބިވަޑައިގަންނަވާނެއެެވެ.