އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ، އަބޫދާބީއަށް ފުރާ ވަޑައިގެންފިއެވެ.

ޑރ މުއިއްޒު ޔޫއޭއީއަށް ފުރާވަޑައިގެންނެވިކަން އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ޔަގީން ކޮށްދީފައެވެ. އަދި މި ދަތުރުފުޅުގެ ހުރިހާ ހަރަދެއްވެސް ހަމަޖައްސަވާފައިވަނީ ޔޫއޭއީގެ ސަރުކާރުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެހެންނަމަވެސް މިއަށްވުރެ އިތުރަކަށް ޑރ މުއިއްޒުގެ މި ދަތުރުފުޅުގެ ތަފްސީލެއް އަދި ނުލިބެއެވެ.

ޔޫއޭއީ އަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެކެވެ. އެގޮތުން މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމަކީވެސް ޔޫއޭއީގެ އެހީގައި ހިންގާ މަޝްރޫއެކެވެ.

ޑރ މުއިއްޒު ވަނީ މިދިޔަ މަހުގެ 30ގައި ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ. އަދި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހުއެވެ.