ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން މި ހުދު ސަމާލު ނެރެފައިވަނީ ނ .އަތޮޅުން ފެށިގެން އއ.އަތޮޅަށެވެ. އެއީ މިއަދު ހަވީރު 16:30 އިން މިރޭ 20:30 ށެވެ.

އެގޮތުން އެ ވަގުތުތަކުގައި އެ ސަަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށްވެސް މެޓުން ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ރާއްޖޭގެ ކަނޑުތަކަށް ބަލާއިތު ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި އުތުރާއި މެދުރާއްޖެތެރޭގައި އާދައިގެ ވަރަކަށް މަޑުވާނޭ ކަމަށްވެސް މެޓުން ވަނީ ލަފާ ކުރައްވާފައެވެ.