މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ސަމާލުވުމަށް އެދެފިއެވެ.

މެޓުން ބުނީ އެންމެ ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނޭ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ގުގުރުމާއެެކު ވިއްސާރަ ކުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

މީގެ އިތުރުން މެޓުން ބުނެފައިވަނީ އިރާއި އިރުދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

އަދި އެހެން ހިސާބުތަކަށް ވައި އެނބުރި އާންމުގޮތެއްގއި މަޑުން 3 މޭލާއި 10 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.

މެޓުން ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފޫޓާ ދެމެދު ކަމަށެވެ.