އިންސާނީ އެހީ ފަލަސްތީނުގެ ގާޒާ އަށް ފޯރުކޮށްދޭން ހުޅުވި ރަފަހް ބޯޑަރު ބަންދު ކޮށްފިއެވެ.

އިއްޔެ އެމެރިކާއިން ބުނީ ސަލާމަތީ ހާލަތެއް މެދުވެރިވެގެން ރަފަހް ބޯޑަރު ހުރަސްކުރުން ބަންދުކޮށްފައިވާ ކަމަށެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ވެދާންތު ޕަޓޭލް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ވިސްނުމަކީ ސަލާމަތީ ހާލަތަށް ރިއާޔަތްކޮށް، ރަފަހް ބޯޑަރު ހުރަސްކުރުން ބަންދުކުރުން ކަމަށެވެ.

ޕަޓޭލް ވިދާޅުވީ ސަލާމަތީ ކަންކަން ހައްލުވުމުން ޣައްޒާއަށާއި ބޭރުގެ ރައްޔިތުންނާއި އެހެނިހެން ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބޯޑަރު ހުރަސްކުރުން "ގަވާއިދުން" އަލުން ހުޅުވާލާނެ ކަމަށެވެ.

ފަލަސްތީނުގެ ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ފާއިތުވި ދުވަސްތަކުގައި ޒަހަމްވި ފަލަސްތީނުގެ ގިނަ އަދަދެއްގެ މީހުންނާއި ބޭރުގެ ޕާސްޕޯޓް ހޯލްޑަރުން ވަނީ ޣައްޒާއިން ރަފަހް ބޯޑަރު ހުރަސްކޮށް މިސްރަށް ދަތުރުކޮށްފައެވެ.