ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުުގުރާނެކަމަށް ލަފާކޮށް ،މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާރވިސް(މެޓް)އިން ސަމާލުވުމަށް އެދެފިއެވެ.

މެޓް އޮފީހުން އިތުރަށް ބުނީ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާ ކަމަށެވެ.

އަދި އިރާއި އިރު ދެކުނުން، ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް އެ އިދާރާއިން ހާމަ ކުރައްވާފައެވެ.

ރާއްޖޭގެ ކަނޑުތައް މަޑުވާނެއެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދު ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ

މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާ ދުވަސްވަރެކެވެ. އަދި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން، މޫސުމާބެހޭ އިދާރާއިން ވަނީ ރާއްޖޭގެ ބައެއް ސަރަހައްދުގައި ޢާންމު ވައި ބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރައްވާފައެވެ.