ކ. އަތޮޅުން ފެށިގެން ލ އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ހުދު ސަމާލުގައި މިއަދު ހެދުނު 10:30 ން ފެށިގެން މެންދުރު 15:30 އާއި ހަމައަށް ކަމަށެވެ.

މީގެއިތުރުން މެޓުން ވިދާޅުވީ މި ހުދު ސަމާލުގެ ސަބަބުން ބު ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެކަމަށެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި މިއަދު ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެއެވެ.

މީގެ އިތުރުން އިރާއި އިރުދެކުނުން، އެންމެ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ވައިޖޭނެކަމަށްވެސް މެޓުން ވަނީ ވިދާޅުވެފައެވެ.