ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން (ވީއައިއޭ އިން) ދޭ ޙިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހަރުދަނާ ކުރުމަށް ގްރައުންޑް ހޭންޑްލިންގައި ބޭނުންކުރާ ބައެއް ސާމާނު އާ ކޮށްލައިފިއެވެ.

އެކަން ޢިއުލާން ކޮށްފައިވަނީ އެ ސާމާނުތައް އަލަށް ބޭނުންކުރަން ފެށުން ފާހަގަކުރުމަށް އެއާޕޯޓުގެ އޭޕްރަން ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އަލަށް ގެނެވުނު ސާމާނަކީ ވީއައިއޭ އަށް އޮޕަރޭޓު ކުރާ އެއާލައިންތަކަށް ދޭ ހިދުމަތް އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅު ކުރުމަށް ގެނައި ސާމާނު ކަމަށް ވެސް އެމްއޭސީއެލް އިން ހާމަކޮށްފައިވެއެވެ.

މި ސާމާނުތަކުގެ ތެރޭގައި ހިމެނެނީ

  • 4 ޕެސެންޖަރ ބަސް،
  • 4 އެއަރކްރާފްޓް ސިޑި،
  • 2 ޔުނިވާސަލް ލޯޑަރ، 2 ހައި- ލޯޑަރު،
  • 10 ބެގޭޖް ޓްރެކްޓަރ،
  • 1 މިނިވަން 14 ސީޓަރ،
  • 1 ބަސް 32 ސީޓަރ،
  • 1 އެއަރ ކޮންޑިޝަން ޔުނިޓް،
  • 30 ކޯން އެންޑް ޗޮކްސް ޓްރޯލީޒް،
  • 1 ކޮންޓެއިނަރ އެންޑް ޕެލެޓް ޓްރާންސްޕޯޓަރ،
  • 4 ކޮންވެއަރ ބެލްޓްސް،
  • 3 ގްރައުންޑް ޕަވަރ ޔުނިޓް،
  • 40 ކޮންޓެއިނަރ އެންޑް ޕެލެޓް ޑޮލީސް،
  • 1 ޓޮއިލެޓް ޓްރަކް އަދި
  • 1 ޓްވިން ކެބެއް ވެސް ހިމެނެއެވެ.

މީގެ އިތުރުން އެމްއޭސީއެލް އިން ބުނީ އާ އިކުއިޕްމެންޓު ބޭނުންކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މި ތަކެތީގެ ރަމްޒީ ތަޅުދަނޑި އެ ކުންފުނީގެ އޮޕަރޭޝަނުގައި އުޅޭ ސްޓާފުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.