އުތުރާއި މެދުރާއްޖެތެރޭގެ އެކިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ މި ވިއްސާރާއިގައި ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.

މީގެ އިތުރުން މެޓުން ބުނެފައިވަނީ ވައިއެނބުރި އާންމުގޮތެއްގައި މަޑުން އުތުރާއި ދެކުނުގެ އަތޮޅުތަކަށް، އިރުދެނުނާއި ދެކުނުން، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން 3 މޭލާއި 13 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފޫޓާ ދެމެދު ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.