މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް (މެޓް) އިން ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.

މެޓުން މި ހުދު ސަމާލު ނެރެފައިވަނީ އިން ހއ.އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމަޔަށެވެ އަދި މި ހުދު ސަމާލު ނެރެފައި ވަނީ މިއަދުގެ ހަވީރު 16:00 ފެށިގެން މިރޭ 22:00 ގެ ނިޔަލަށެވެ.

މީގެއިތުރުން މެޓުން ވިދާޅުވީ މި ހުދު ސަމާލުގެ ސަބަބުން ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެކަމަށެވެ.

އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފޫޓާ ދެމެދު ކަމަށްވެސް މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.