އުތުރާއި މެދުރާއްޖެތެރޭގެ އެކިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ މި ވިއްސާރާއިގައި ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުވެސް ކުރާނެ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.

މީގެއިތުރުން މެޓުން މެޓުން ވަނީ ދާދި ދެންމެއަކު ހދ. އަތޮޅުން ފެށިގެން ނ. އަތޮޅާ ހަމައަށް މިއަދު މެންދުރުފަހު 3:00 ހަަމައަށް ހުދު ސަމާލު ނެެރެފައެވެ.

އަދި މި ސަމާލުގައި ވަނީ އެ ހިސާބުތަކަށްވެސް ބޯކޮށް ވާރޭވުހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައެވެ.

މެޓުން މީގެއިތުރަށް ބުނެފައިވަނީ ވައިއެނބުރި އާންމުގޮތެއްގައި މަޑުން އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 1 ފޫޓާއި 3 ފޫޓާ ދެމެދު ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.