މެދުރާއްޖެރެއަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި ގުގުރުން ވެސް އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން ބުނެފިއެވެ.

މެޓުން އިތުރަށް ބުނީ ރާއްޖޭގެ އުތުރަށް މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނޭ ކަމަށެވެ.

އަދި ވައިއެނބުރި އާންމުގޮތެއްގައި މަޑުން އިރުދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާކޮށްފާއިވެއެވެ.

ހަމައެއާއެކު، މެޓުން ބުނެފައިވަނީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 1 ފޫޓާއި 4 ފޫޓާ ދެމެދުގައި ކަމަށެވެ.