ފެށިގެން މިދާ އާ ދައުރުގައި ރާއްޖެއަށް ގެދޮރުވެރިކަމާއި ބިންވެރިކަމުގެ ރަން ޒަމާނެއް ގެނެސްދެއްވާނެ ކަމުގައި ރާއްޖޭގެ ރައީސްކަމުގެ ހުވާ މިއަދު ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއެޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ޖުމުހޫރިއްޔާގެ 8 ވަނަ ރައީސްކަމުގެ ހުވާ މިއަދު ޖުމުހޫރީ މައިދާނުގައި ކުރެއްވުމަށްފަހުއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ބިންވެރިކަމާއި ގެދޮރުވެރިކަމުގެ މައްސަލަތަކަކީ ރާއްޖޭގައި ވަރަށް ހައްސާސް މައްސަލައެއް ކަމަށެވެ. އެގޮތުން ރައީސް މުއިއްޒު ފާހަގަ ގޮތުގައި އެކަށީގެންވާ ބޯހިޔާވަހިކަމެއް ނުލިބުމުގެ ސަބަބުން އިޖުތިމާއީ، ދީނީ އަދި ސިއްހީ މައްސަލަތައްވެސް ރާއްޖޭގައި ގިނައެވެ.
މީގެއިތުރުން ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މުޅި މައްސަލައައް ހަލު ގެނެސްދެއްވާނެކަމުގައި ރައީސް މުއިއްޒު ވިދާޅުވުއެވެ.
އަދި އުތުރު ތިލަފަޅުން ފެށިގެން ފުށިދިއްގަރުފަޅާ ހަމައަށް އެންމެ ޒަމާނީ އިމާރާތްތަކާއި ބަގީޗާތަކުގެ ހާރެއް އަތުރާލާނީ ހުރިހާ ބޭފުޅުންގެ މި އާ ސަރުކާރުން ކަމަށާއި އެކަމުގެ ކަރުދާހީ ގިނަ މަސައްކަތްތަކެއް ހުރީ ލިޔެ ނިމި އަދި ވަރަށް އަވަހަށް ޒަމާނީ އާ ސަހަރުތަކެއްގެ ގިނަ މަލަތައް ދިވެހި ފަޅުފަޅުން އުފުލިލާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މިހާރު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅިފައިވާ ބަޖެޓުގައިވަނީ ފުށިދިއްގަރުފަޅު ހިއްކުމަށް 400 މިލިއަން ރުފިޔާ ހިމަނާފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ އާ ސަރުކާރުން ގައުމު ތަރައްގީ ކުުރުމަށްޓަކާ މެދުރާސްތާ ޕްލޭންއައި ދުރު ރާސްތާ ޕްލޭންތައް އެކުލައްވާނޭ ކަމަށާއި، ގައުމުގެ ތަރައްގީގެ ކަންކަން ރާވާއިރު ދިވެހި ރައްޔިތުންގެ ވިސްނުމާއި އުންމީދުތައް ހިއްސާ ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.
އަދި ރާއްޖޭގެ އިގްތިސާދު މިއަދު މިވަނީ ކުއްލި އަވަސްފަރުވާއެއް ބޭނުންވެފައި ކަމަށާއި އާމްދަނީ ހޯދޭނެ އަވަސް މަގުތައް ކޮންމެހެން ލާޒިމުވެފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައެވެ. ހަމައެއާއެކު އެކަމަށްޓަކައި އިރާދަކުރެއްވިޔާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު އަވަހަށް ހުޅުވާލާނޭ ކަމަށްވެސް ވިދާޅުވިއެވެ.
ޑޮކްޓަރ މުހައްމަދު މުއިއްޒުއާއި، ހުސައިން މުހައްމަދު ލަތީފް، މަޤާމުގެ ގާނޫނީ ހުވައި މިއަދު ކުރައްވާފައިވަނީ މިކަމަށްޓަކައި މިއަދު ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވުނު ރައްޔިތުގައެވެ.
ދެބޭފުޅުންނަށްވެސް ހުވާ ލައިދެއްވީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރުއެވެ.