ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެގައުމަށް ފޮނުވާލައި ރާއްޖޭގޭ މަސްކަނޑުން ގެއްލިފައިވާ ބައި ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ހޯއްދަވައި ދެއްވާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވެފައިވަނީ އޭގެ އިތުރުން ޑްރަގް ގޭންގު ކުށްތަކުން މިގައުމު ސަލާމަތްކޮށްދެއްވާނޭ ކަމަށް ވެސް އުންމީދު ކުރައްވާ ކަމަށެވެ. "ޑރ. މުއިއްޒުގެ ރިޔާސަތުގައި ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލައްވާ މަސްކަންޑުން ގެއްލިގެން ދިޔަ ސަރަހައްދު އަނބުރާ ހޯއްދަވާ ޑްރަގު ގޭންގު ކުށްތަކުން މިގައުމު ސަލާމަތްކޮށްދެއްވާނޭ ކަމަށް އުންމީދު ކުރަން،" އުމަރު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިސަރުކާރުން ކަރަޕްޝަނާއި ބޭކާރު އިސްރާފުތައް ނުކުރައްވައި ރާއްޖޭގެ ދަރަނި ކުޑަކުރައްވައި ހެޔޮލަފާ ސަރުކާރެއް ހިންގަވާނޭ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އުމަރު ވަނީ އައު ރައީސުލްޖުމްހޫރިއްޔާއަށާއި އެމަނިކުފާނުގެ ހުރިހާ ވަޒީރުންނަށާއި އެކި މަގާމްތަކާ ހަވާލުވެލެއްވި އެހެން ބޭފުޅުންނަށް މަރުހަބާއާއި ހެޔޮއެދުންތައް ރައްދުކުރައްވައިފައެވެ.

އުމަރު ނަސީރަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވި ބޭފުޅެކެވެ.