ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފައިބައިގެން ދިއުމަށް އައު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާ ސަރުކާރަށް ރަސްމީކޮށް އެންގުމުން އެކަން ސުލްހަވެރިކަމާއެކު އެގައުމުން ކުރަންޖެހޭނޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު މިހާރުވަނީ އިންޑިއާ ސިފައިން ރާއްޖެއިން ފައިބައިގެން ދިއުމަށް ރަސްމީކޮށް އަންގައިފައެވެ. އެ އެންގުމާ އެއްގޮތަށް އިންޑިއާއިން އަމަލުކޮށްފިކަމަށްވާނަމަ އެގައުމުން ކަޝްމީރު ހިސޯރުކޮށް ގެންތިބިގިތަށް އަދި އިޒްރޭލުން ފަލަސްތީން ހިސޯރުކޮށްގެން ތިބި ގޮތަށް އިންޑިއާ ސިފައިން ރާއްޖޭގައި އެތިބެނީ ރާއްޖެ ހިސޯރުކޮށްގެން ކަމަށް ދެކެވަޑައިގަންނަވާނޭ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
އުމަރުނަސީރަކީ އަބަދުވެސް ވަތަނީ ލޯތްބާއެކު ވަތަނުގެ ދިފާއުގައި އަޑުއުފުލައްވާ ބޭފުޅެކެވެ. އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް އެންމެ ބާރުލައްވައި ވާހަކަ ދައްކަވާ ބޭފުޅުންގެ ތެރޭގައި އުމަރު ހިމެނިވަޑައި ގަންނަވައެވެ.