މޫސުން ގޯސްވެ މޫސުމާއި ބެހޭ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެ އުތުރުގެ ބައެއް އަތޮޅު ތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުގެ ރަށްތަކުން ފެށިގެން ނ. އަތޮޅުގެ ރަށްތަކަށެވެ.

މޫސުމާއި ބެހޭ އިދާރާއިން އެ ސަރަހައްދު ތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ ހެނދުނު 09:05 އިން ފެށިގެން 12:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި އެގަޑީގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ބާރަށް ގުގުރާނެއެވެ.

މީގެ އިތުރުން، މިއަދު މޫސުމާއި ބެހޭ އިދާރާއިން ވަނީ ހއ. އަތޮޅުގެ ރަށްތަކުން ފެށިގެން ކ. އަތޮޅުގެ ރަށްތަކަަށް ހުދު ސަމާލުވެސް ނެރެފައެވެ.

މި ހުދު ސަމާލު ނެރެފައިވާ ގަޑިއަކީ ހެނދުނު 08:30 އިން ފެށިގެން 14:30 އަށެވެ. އަދި އެ ގަޑީ އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.