ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަގާމަށް، މއ. ނައިލޯނުގެ، ޢަލީ ޝަރީފް އައްޔަނުކުރައްވައި، ސަރުކާރުގެ މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ބައެއް ބޭފުޅުން އައްޔަނުކުރައްވައިފިއެވެ.

އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވައިފައި ވަނީ މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަނުކުރެއްވި ބޭފުޅުންނާއި އެބޭފުޅުން އައްޔަނުކުރެއްވި މަގާމުތަކަކީ:

  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ - ހ. ނީވްވިލާ، އަލްއުސްތާޛާ ލުބްނާ މުހައްމަދު ޒާހިރު
  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް - ޏ. ފުވައްމުލައް ދަނޑިމަގު. ނެރުޅު، މުހައްމަދު ތާރިޤް އަހްމަދު
  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް - ގދ. މަޑަވެލި، ކިނާރާ، ޑޮކްޓަރ އަމްޒަތުއަހްމަދު
  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން - ހ. ނޫމުތީ، އަބްދުއްރައްޒާޤު އިބްރާހީމް
  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް - ސ. މަރަދޫފޭދޫ ބްލޫހެވަން، މުހައްމަދު ޝަހުރުއްޛިޔާދު
  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - މ. ޒޭވަރު، މަރްޔަމް ފިޒާނާ ރަޝީދު
  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - ތ. ހިރިލަންދޫ، ލިލީގެ، ޑޮކްޓަރ އަބްދުއްރަހީމް ހަސަން
  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - ގ. ގްރީންބީންސް، ފާތިމަތު މުހައްމަދު
  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - ހއ. އިހަވަންދޫ، ވައިޖެހޭގެ، އަހްމަދު ޝަފީއު
  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް - ހ. ކިސްތީ، އަހްމަދު މުނާޒު
  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވަރކްސް - ހ. ނޫމުތީ، މުހައްމަދު އިބްރާހީމް