އަންނަ ޑިސެމްބަރުގައި ބައެއް ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިހާބުކުރަން ބާއްވާ ބައި އިލެކްޝަންތަކުގައި މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނިޓަރުކަން ކުރުމަށް އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.
ޑިސެމްބަރު 16 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ.ކެލާ, ނ.މާފަރު, އދ.ހަންޏާމީދޫ ކައުންސިލް މެންބަރު އަދި ނ.މާފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ވޯޓު ނެގުން އޮންނަ ދުވަހު ވޯޓު ނެގުމާއި, ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށާއި އޮބްޒާވް ކުރުމަށާއި މަންދޫބުންނަށްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 26 ގެ ނިޔަލަށް ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
ހަންޏާމީދޫ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން:
- ކެންޑިޑޭޓް ނަންބަރު 1: މުހައްމަދު ވަޙީދު. ފިނިހިޔާ/އދ. ހަންޏާމީދޫ, (ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް)
- ކެންޑިޑޭޓް ނަންބަރު 2: މުހައްމަދު ޔާސިރު. ބުލޫސްޓަރ/އދ. ހަންޏާމީދޫ (އަމިއްލަގޮތުން)
- ކެލާ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން:
- ކެންޑިޑޭޓް ނަންބަރު 1: ހަދީޖާ މައުރިފާ. ހެޕީ/ހއ. ކެލާ, (ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް)
- ކެންޑިޑޭޓް ނަންބަރު 2: ހައްވާ ސުދާ. އަރާއިރު/ހއ.ކެލާ, (ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ) މާފަރު ކައުންސިލް މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން:
- ކެންޑިޑޭޓް ނަންބަރު 1: މުޙައްމަދު އަބޫބަކުރު. ފަޅޯމާގެ/ނ. މާފަރު (ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް)
- ކެންޑިޑޭޓް ނަންބަރު 2: މުސްލިމް މުޙައްމަދު. ދޮންކެ/ނ. މާފަރު (މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް) މާފަރުއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ:
- ކެންޑިޑޭޓް ނަންބަރު 1: މަރްޔަމް ޝާޠިރާ. އައްސޭރި/ނ.މާފަރު (ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް)
- ކެންޑިޑޭޓް ނަންބަރު 2: އަސްރާރު ހަސަން. އިރުޝާދުވިލާ, ނ.މާފަރު (ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ)