މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ގދ. ފަރެސްމާތޮޑާގައި "ފަރުމަސް ރޭހެއް" ބޭއްވުމަށް ނިންމައިފިއެވެ.

މި ފަރުމަސް ބޭނުމުގެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަމަހުގެ 5 ވަނަ ދުވަހުގެ 14:00ގެ ކުރިން އެރަށު ކައުންސިލް އިދާރާއަށް ފޯމް ހުށަޅަންވާނެ ކަމަށް ފަރެސްމާތޮޑާ ކައުންސިލުން ހާމަކޮށްފައިވެއެވެ.

މި މުބާރާތުގައި ވަނަ ދިނުމަށް ހަމަޖެހިފައިވަނީ:

  • 1 ވަނައަށް ހޮވޭ ޓީމަކަށް 10000 ރުފިޔާ
  • 2 ވަނަ އަށް ހޮވޭ ޓީމަކަށް 7000 ރުފިޔާ
  • 3 ވަނަ އަށް ހޮވޭ ޓީމަކަށް 5000 ރުފިޔާ

އެންމެ ބަރުމަސް ބާނާ ފަރާތަކަށް 500 ރުފިޔާ ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެންމެ ގިނަ ވައްތަރުގެ މަސް ބާނާ ޓީމަކަށް 500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް ކައުންސިލުން ހަމާކުރެއެވެ.

ކައުންސިލުން ބުނީ ބައިވެރވާ ކޮންމެ ޓީމަކަށް 20 ލީޓަރުގެ ޕެޓްރޯލް ފޯރުކޮށްދޭނެކަމަށެވެ.