ރާއްޖެތެރޭގެ އެކިސާބުތަކަށް ވިއްސާރަކުރާނެކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.

މެޓުން މީގެއިތުރަށް ބުނެފައިވަނީ އިރުއުތުރާއި އުތުރުގެ އަތޮޅުތަކަށް، ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދު ބާރުމިނުގައި އަދި އެހެން ހިސާބުތަކުގައި ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ.

އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މެޓުން ވަނީ ބުނެފައިވެއެވެ.

ރާއްޖޭގެ ކަނޑުތަކުގެ ރާޅުގެ އުސްމިން މިއަދު ހުންނާނީ 2 ފޫޓާއި 4 ފޫޓާ ދެމެދުއެވެ.

އިތުރު ލިޔުންތައް މެޓް އޮފީސް