ހއ.އަތޮޅުން ފެށިގެން ވ.އަތޮޅަށް މެޓް އޮފީހުން ހުދު ސަމާލު ނެރެފިއެވެ.

މެޓުން ހުދު ސަމާލު ނެރެފައިވަނީ މިރޭ 21:30 އިން މެންދަމު 2:30 އަށެވެ.

މީގެއިތުރުން މެޓުން ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށެވެ.

އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް އެ ފަރާތުން ވަނީ ލަފާކޮށްފައެވެ.