ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަވެ ބޯކޮށް ވާރޭވެހި ގުުގުރާނެކަމަށް ލަފާކޮށް، މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާރވިސް(މެޓް)އިން ހުދު ސަމާލު ނެރެފިއެވެ.

ހުދު ސަމާލު ނެރެފައިވަނީ މި. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ދެމެދުގެ ރަށްރަށަށެވެ.

ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 16:15 ފެށިގެން ހަވީރު 22:15 ހަމައަށެވެ.

މިވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ލަފާކުރައްވައެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާ ދުވަސްވަރެކެވެ. އަދި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން، މޫސުމާބެހޭ އިދާރާއިން ވަނީ ރާއްޖޭގެ ބައެއް ސަރަހައްދުގައި ޢާންމު ގޮތެއްގައި ބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރައްވާފައެވެ.