36 ވަނަ ގައުމީ ގުރުއާން މުބާރާތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގައި އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓަރ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވާ އެކްސްގައި އެމަނިކުފާނު ވިދާޅުވީ ގައުމީ ގުރުއާން މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އިސްލާމީ އެންމެ ބޮޑު ގައުމީ އެއް ހަރަކާތް ކަމަށެވެ.

އެގޮތުން އެ މުބާރާތުގެ ހައްގު ދަރަޖައާއި މަގާމު މުބާރާތަށް ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ހާއްސަ ކޮމިޓީއެއްވެސް ހަމަޖައްސާފައިވާނެ ކަމަށް ޝަހީމް ވިދާޅުވެފައި ވެއެވެ.

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ބުނެފައިވަނީ ގައުމީ ގުރުއާން މުބާރާތް ކުރިއަށް ދާނީ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުން ފެށިގެން މާޗް މަހުގެ ދެވަނަ ދުވަހާ ހަމައަށް ކަމަށެވެ.