އިސްލާމިކް މިނިސްޓްރީން މިސްކިތް ބިނާ ކުރަން ބޭނުންވާ އަމިއްލަ ފަރާތްތަކަށް ބިން ހަމަޖައްސައިދިނުމަށް ނިންމަވައިފިއެވެ.

މިކަން އިއުލާނު ކުރައްވާފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސް.ކޮމް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ޑރ ޝަހީމް ވިދާޅުވެފައި ވަނީ ވިޔަފާރިވެރިންގެ ތެރޭގައި މިސްކިތް ބިނާކުރުމަށް ޝައުގުޤުވެރިވާ ފަރާތްތަކުން، އެކަކު ނުވަތަ ގިނަ ބަޔަކު ވެގެން މިސްކިތެއް އަޅަންބޭނުން ނަމަ ބިން ހަމަޖައްސައި ދިނުމާއި އެނޫން އިދާރީ ފަސޭހަތައް ހަމަ ޖައްސައިދޭން މިނިސްޓްރީން ވަނީ ނިންމާފައިކަމަށެވެ.

ވަޒީރު ކަމާ ހަވާލުވެވަޑައިގެންނެވުމާއެކުހެން، އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް ގިނަ ކަންތައްތަކާ މަޝްވަރާތައް ކުރައްވައި ދިވެހިރާއްޖޭގެ ދީނީ ކަންކަން ރަނގަޅުކުރެއްވުމުގެ ގޮތުން ގިނަ ނިންމެވުންތަކެއް، ނިންމަވަމުންދާ ކަން ފާހަގަކުރެވެއެވެ.

އެގޮތުން ސާނަވީ، އަދި މަތީ ސާނަވީ ތައުލީމު ހާސިލު ކުރާ ދަރިވަރުންނަށް އިމާމުވެ ހުކުރު ކުރެވޭނެ ގޮތް ހަދައި، އެކަމަށް އެދުމުގެ ފުރުސަތު ހުޅުވައިލުމަކީ ހާއްސަކޮށް ފާހަގަކޮށްލެވޭ ކަމެކެވެ.