އިޒްރޭލާ ޣާއްޒާއާ ދެމެދު އޮތް ހަނގުރާމަ ހުއްޓުމަކަށް ނުގެންްނާނެ ކަމަށް އިޒްރޭލުގެ ޕްރައިމް މިނިސްޓާރ ބެންޖަމިން ނަތަންޔާހު ވިދާޅުވެއްޖެއެވެ.

ނަތަންޔާހު މިހެން ވިދާޅުވީ ޔަހޫދީ ސިފައިންނާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅެއްގައެވެ. ނަތަންޔާހު ވިދާޅުވެފައިވަނީ މިހަނގުރާމަ ޔަހޫދީން ކާމިޔާބުކުރުމަށް ދާންދެން ކުރިއަށްދާނެ ކަމަށެވެ. އަދި ދުނިޔެގެ އެކި ކަންކޮޅުތަކުން އިޒްރޭލަށް މި ހަނގުރާމަ ހުއްޓާލުމަށް ޕްރެޝާރ ކުރި ނަމަވެސް މިކަމެއް ނުހުއްޓުވޭނެ ކަމަށް ވެސް ނަތަންޔާހު ވަނީ ވިދާޅުވެފައެވެ.

އިޒްރޭލުގެ ޒަޔަނަސްޓުންގެ އަނިޔާވެރި ހަމަލާތަކުގައި އަށާރަހާސް ހަސްތޭކަ (18،600) އަށް ވުރެ ގިނަމީހުން ވަނީ ޝަހީދުވެފައެވެ. އަދި ޒަހަމްވެފައިވަ މީހުންގެ އަދަދު ވަނީ ފަންސާސްހާހައް (50،000) އަރާފައެވެ.