ދިހަ ހާސް މެންބަރުން ހަމަކޮށް، ދައުލަތުގެ ފައިސާ ލިބޭ ލިސްޓަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިތުރުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން އީސީގެ ނައިބު ރައީސް، އިސްމާއީލް ހަބީބް ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ފާސްކުރި ދުވަހާއި ހަމައަށް 10،000 މެމްބަރުން ހަމަވަނީ 6 ސިޔާސީ ޕާޓީއެއްގައިކަމާއި އެ ލިސްޓުގައި ޕީއެންސީ ވެސް ހިމެނޭ ކަމަށެވެ.

އެ ގޮތުން އެ ލިސްޓުގައި ހިމެނޭ ޕާޓީތަކަކީ ޕީޕީއެމް، ޕީއެންސީ، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ، އަދި އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭ އަދި އެމްޑީޕީއެވެ.

މިއަހަރުގެ ފެބްރުއަރީ މަހާއި ހަމައަށް އެ ޕާޓީގައި ތިބީ 3،000 ވަރަކަށް މެމްބަރުންނެވެ. އަދި އެ ޕާޓީގެ ޓިކެޓުގައި ވާދަކޮށް، ރައީސް، ޑރ. މުހައްމަދު މުއިއްޒުއަށް ވެރިކަން ލިބުމާއި އެކީ ގިނަ ބަޔަކު އަންނަނީ އެ ޕާޓީއާއި ގުޅެމުންނެވެ.