ގދ. ފަރެސްމާތޮޑާގައި ކެއްކުމުގެ ހުނަރު ދަސްކޮށްދިނުުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ އެ ރަށު އ.ތ.މ. ކޮމެޓީން އިލްތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މަގްސަދަކީ މުޖުތަމައުގައި އަންހެނުން ބާރުވެރި ކުރުމަށާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމެވެ.

ޖުމުލަ 35 ބައިވެރިންނާއެކު މި ކޯސް ފަށައިފައިވަނީ އިއްޔެ ހަވީރު 16:00 ގައެވެ.

މީގެއިތުރުން މި ޕްރޮގްރާމަކީ ''ކޮންމެ މީހަކީ ކޮންމެވެސް ހުނަރެއްގެ ވެރިއެއް''ގެ ޕްރޮގްރާމްގެ ދަށުން އައްޑޫ ވިމެންސް އެސޯސިއޭޝަނާއި ވިމެންސް އާރޓްސް އެންޑް ކްރާފްޓް އެސޯސިއޭޝަނާއި ގުޅިގެން ހިންގާ ހަފްތާ ޕްރޮގްރާމްތަކުގެ ތެރެއިގައި ހިމޭނޭ ޕްރޮގްރާމެކެވެ.

އަދި މިއީ ފަރެސްމާތޮޑާގެ އ.ތ.މ ކޮމެޓީގެ ފަސް އަހަރުގެ ޕްލޭންގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.

ހަފްތާގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ ކެއްކުމުގެ ތަޖުރިބާކާރެއް ކަމަށްވާ މަޝްހޫރު ޖުވެއިރިޔާ ވަޖުދީއެވެ.

މިއީ މިފަދަ ޕްރޮގްރާމެއް ފަރެސްމާތޮޑާގައި ހިންގާ ފުރަތަމަ ފަހަރެވެ.