އުތުރުގެ ބައެއް އަތޮޅުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން ވެސް އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން ބުނެފިއެވެ.

މެޓުން އިތުރަށް ބުނީ މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.

އަދި ދެކުނު،ގެ އަތޮޅުތަކަށް، ވައިއެނބުރި މަޑުން ހުޅަނގާއި ހުޅަނގު އުތުރުން އެހެން ހިސާބުތަކަށް ވައިއެނބުރި މަޑުން އިރުއުތުރާއި އިރުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާކޮށްފާއިވެއެވެ.

ހަމައެއާއެކު، މެޓުން ބުނެފައިވަނީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 1 ފޫޓާއި 4 ފޫޓާ ދެމެދުގައި ކަމަށެވެ.