ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 90 އަށް އަރާފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

"އިސްރާއީލުން މިއަދު ޖަބަލިއާ ކޭމްޕަށް ދިން ހަމަލާގެ ނަތީޖާއެއްގެ ގޮތުން ނުވަދިހަ މީހުން މީހުން މަރުވެއްޖެ،" ޣައްޒާގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުނީރު އަލް ބާޝް އަލްޖަޒީރާ ޓީވީ ޗެނަލަށް މައުލޫމާތު ދެމުން ވިދާޅުވީ އިޒްރޭލުން ވަނީ ޖަބަލިއާ ކޭންޕްގައިވާ ދެ ގެއަކަސް ހަމަލާ ދީފައި ކަމަށެވެ. މިހަމަލާގައި 33 މީހުން މަރުވެފައި ވާއިރު އޭގެ ތެރޭގައި 15 ކުޑަ ކުދިން ހިމެނެއެވެ. .ކުރީގެ ރިޕޯޓްތަކުން ބުނާ ގޮތުން މި ހަމަލާގައި މަދުވެގެން 30 މީހުން މަރުވެ ދިހަވަރަކަށް މީހުން ވީނުވީ ތަނެއް ނޭނގި ގެއްލިފައި ވެއެވެ. .

އިޒްރޭލުން ޣައްޒާއަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ޝިކާރައަކަށްވެ، ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 18000 އަށް ވުރެ މައްޗައް އަރާފައެވެ. އަދި ޒަހަމްވެފައިވާ މީހުންގެ އަދަދު ވަނީ 50،000 އަށް ވުރެ މަތީގައެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.