މިއަހަރު ޑިސެންބަރު މަހު 13ގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 1.7 މިލިޔަނަށް އަރައިފި ކަމަށް ޓުވަރިސްމް މިނިސްޓްރީއިން ބުނެފިއެވެ.

މިއަދަދަކީ ފާއިތުވެދިޔަ އަހަރާއި އަޅާބަލާއިރު 12.6 އިންސައްތަ އިތުރު އަދަދެކެވެ. ޓުވަރިސްމް މިނިސްޓްރީއިން މިއަހަރު އަމާޒެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1.8 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. ރާއްޖެއަށް މިހަރު ފަތުރުވެރިން އަންނަ އަދަދާ އަޅާބަލާއިރު 1.8 މިލިޔަން ފަތުރުވެރިންގެ އަމާޒަށް ވާސިލް ވުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ.

މިއަހަރު މިހާތަނަށް އެންމެ ގގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ފެބްރުއަރީ މަހުގައެވެ. އެއީ 177،915 ފަތުރުވެރިންނެވެ..އަދި އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ގައުމަކީ ރަޝިޔާއެވެ. އެ ގައުމުން ވަނީ 198،824 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.

މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާޒް (މަޓާޓޯ) އިން ލަފާކުރަ ގޮތުގައި މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ޖުމްލަ 2 މިލިޔަން ފަތުރުވެރިން ޒިޔާރަތް ކުރަނެއެވެ.