އުތުރަށާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

ހެނދުނު 7:00 އިން ފެށިގެން މެންދުރު 13:00 އަށް ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފައިވާއިރު، އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. ހަމައެއާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށް ބުނެފައިވެއެވެ.

އެލާޓް ނެރެފައި އޮންނަ ގަނޑިތަކުގައި ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.